ހުޅުމާލެ ޖަލުން ބިދޭސީއަކު ފިލައިފި

ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ފިލި ބިދޭސީ މީހާ ---

ހުޅުމާލެ ޖަލުން ބިދޭސީއަކު ފިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައިވާ 32 އަހަރުގެ ބަންގްލަދޭޝް މީހަކު ހުޅުމާލެ ޑިޓެންޝަން ސެންޓަރުން މިރޭ 19:27 ހާއިރު ފިލާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުން ގެންދާ ކަމަށެވެ. އެމީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކަރެކްޝަނަލް ސާވިސްގެ ނަންބަރު 9886125 ރިޕޯޓުކޮށް ދިނުމަށް ވެސް އެ ސާވިސް އިން ވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.