ހާލުގައި އުޅޭ މީހުންނަށް ވެސް ފްލެޓް ނުލިބޭ، އެއީ ފްލެޓް ނެތީމަ: ސަރުކާރު

ފްލެޓަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެމްބަރު ތޯހާ އަހުމަދު-- ފޮޓޯ/ ރައީސް އޮފީސް

ހާލުގައި އުޅޭ ފަރާތްތަކަށް ވެސް ފްލެޓް ނުލިބި ހުރި ކަމަށް ގަބޫލު ކުރާ ކަމަށާއި އެ މީހުންނަށް ފްލެޓް ނުލިބެނީ ބޭނުންވާ އަދަދަށް ފްލެޓް ނެތުމުން ކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ނުލިބު ހުރީ ފްލެޓް ހައްގު ނުވާތީ ނޫން ކަމަށާއި ފްލެޓް ނުލިބި ހުރީ ކްރައިޓީރިއާ ކަނޑައެޅިފައި ހުރި ގޮތުންނާއި ކެޓަގަރީތަކަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ފްލެޓް ނެތުމުން ކަމަށެވެ.

“އަޅުގަނޑުމެންނަށް ވެސް އިނގޭ ވަރަށް ހާލުގައި ތިބި ފަރާތްތަކަށް ފްލެޓް ނުލިބި އެބަހުރި. އެއީ އެ ބޭފުޅުންނަށް ފްލެޓް ހައްގުނުވާތީ ފްލެޓް ނުލިބި ވަނީއެއް ނޫން. އަޅުގަނޑު ހަމަ އެކަން ފާހަގަކޮށްލަން. މާ ބޮޑަށް ދިރިއުޅުމުގެ ހާލަތު ރަނގަޅު ވެގެން ފްލެޓް ނުލިބި ވަނީއެއް ވެސް ނޫން. މީގެއިން އަޅުގަނޑުމެން ފާހަގަ ކުރާ ކަމަކީ ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ވެސް ފްލެޓް ނުލިބި އެބަހުރި މި ކްރައިޓީރިއާ ކަނޑައެޅިފައި ހުރި ގޮތުން. ފްލެޓް ނުލިބި ވަނީ އެ އަދަދަށް ފްލެޓް ނެތީމަ، އެ ފަރާތްތަކަށް ފްލެޓް ނުލިބި ވަނީ،” ތޯހާ ވިދާޅުވިއެވެ.

ފްލެޓުތަކުގެ މައްސަލަތައް ބަލާ ކޮމެޓީން ފްލެޓް ދިނުމުގެ މަސައްކަތްކޮށްފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ބަލައިގެންނެވެ.

ތޯހާ ވިދާޅުވީ ހިޔާ މަޝްރޫއަށް 23،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ހައްގުވެރި ފަރާތްތައް ހޯދުމުގެ މަސައްކަތް ކޮމެޓީން ކޮށްފައިވާނެ ކަމަށެވެ. މަސައްކަތް ނިމުނުއިރު، އެކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިފައިވާނެ ކަމަށް ތޯހާ ވިދާޅުވިއެވެ.

“އެނގިވަޑައިގަންނަވާނެ ހިޔާ މަޝްރޫއަށް 6720 ފްލެޓަށް23،000 ވުރެ ގިނަ އެޕްލިކޭޝަން އަޅުގަނޑުމެންނަށް ލިބިފައިވާއިރު، ކޮންމެ ކެޓަގަރީއަކުން ވަކި އެލޮކޭޝަނެއް ހަދާއިރު، ކޮންމެ ވެސް އެއް ބަޔަކަށް ފްލެޓް ލިބޭނީ. އޭގެ ތެރެއިން އަޅުގަނޑުމެން މިކުރި މަސައްކަތަކީ އެންމެންގެ މެދުގައި އެއް ހަމަ އުސޫލަކުން އެއް މިންގަނޑަކުން އެއް ހައްގުވެރި ފަރާތަކަށް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރީ. އޭގެ ތެރެއިން އެކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިފައިވާ ކަން އަޅުގަނޑު ގަބޫލުކުރަން،” ތޯހާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް ރައީސް ސާލިހު އުފެއްދެވި ކޮމެޓީން އިއްޔެ ވަނީ އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިސަރުކާރުން ބޭނުންވާ ބަޔަކައް ފުލެދީފައެބަހުރި ފުލެޓުބަލާކޮމި
    ސަންގަތިބީ ރަގަޅުބައެއްނޫން އެމީހުން ހިތައްއެރިބަޔަކައް ޕޮއިންޓު އިތުރުކޮއްދީފަ
    އެމީހުންބަެނުންނުވާ މީހުންގެ ޕޮއިންޓް ތައް ކަލާފައެބަހުރިކަންޔަގީން އ

ހިޔާލު ދެއްވާ!

Your email address will not be published.