މުޅި އާބާދީއަށް ވެކްސިން ދެވޭނީ ފުރަތަމަ ރާއްޖޭގައި، ދުނިޔެއަށް ވިއްކަނީ އެ ވާހަކަ

ޓޫރިޒަމް މިނިސްޓަރު މައުސޫމް

ދުނިޔޭގެ އެންމެ ފުރަތަމަ މުޅި އާބާދީއަށް ކޮވިޑް19ގެ ވެކްސިން ޖެހުމުގެ ފުރުސަތު ލިބެނީ ރާއްޖެއަށް ކަމަށާއި އެއާއެކު ސަލާމަތާއި ރައްކާތެރިއެއް ގައުމަކަށް ރާއްޖެވާނެތީ އެ ވާހަކަ ދުނިޔެއަށް ވިއްކަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ އެ ވާހަކަތައް ބޭރުގެ މީޑިއާތަކުގައި ލިޔަން ފަށާފައިވާ ކަމަށާއި ވެކްސިން ދީނުމުން ދުނިޔޭގައި ވެސް އެންމެ ރައްކާތެރި ގައުމަށް ރާއްޖެ ވެގެންދާނެ ކަމަށެވެ.

“”ދިވެހިރާއްޖެ ގުނާލެވިގެންދާނެ ދުނިޔޭގެ އެންމެ ފުރަތަމަ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ފުރުސަތު ލިބޭ ގައުމުގެ ގޮތުގައި. މިހާރު ވެސް ބޭރުގެ މީޑިއާތަކުގައި އެ ވާހަކަ ލިޔަން ފަށައިފި. އޭގެ ޒާތުގައި މިހާރު ވެސް ދިވެހިރާއްޖެއަކީ އެންމެ ސަލާމަތާއި ރައްކާތެރި މަންޒިލޭ. ދެން މި ވެކްސިން ކަންތައް މިގޮތަށް ފުރިހަމަވެގެން ދިޔައީމަ މުޅި ދުނިޔޭގައި ވެސް އެންމެ ސަލާމަތާއި ރައްކާތެރި މަންޒިލް ގޮތުގައި ދިވެހިރާއްޖެ ބަދަލުވެގެންދާނެ،” މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަހަރު ނިމޭއިރު1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމާށާއި ފަތުރުވެރިން ގުނާއިރު، ބެޑް ނައިޓް ގުނަން ގަސްތުކުރާ ކަމަށެވެ. ބެޑް ނައިޓާއި އާންދަނީއާ ގުޅިފައިވާ ކަމަށް ފާހަގަ ކުރައްވައި މައުސޫމް ވިދާޅުވީ މިއަހަރު އަންދާޒާ ކުރަނީ10 މިލިއަން ބެޑް ނައިޓް ލިބޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.