ހަލުވިކަމާއެކު އައްޑޫ ސިޓީގައި ކޮވިޑް19 ފެތުރެމުންދާތީ، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އައްޑޫ ސިޓީގެ މޭޔަރު ސޯދިގު (ސޯބެ) “ހަތާވީސް”އަށް މިއަދު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާނީ މިރޭ ފަތިސް ނަމާދުން ފެށިގެން ކަަމަށެވެ.
އައްޑޫ ސިޓީގައި ކޮވިޑު19 ހަލުވިކަމާއެކު ފެތުރި މިހާތަނަށް އެ ސިޓީގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު49 އަށް ވަނީ އަރާފައެވެ. އޭވިއޭޝަން ކްލަސްޓާގެ އަދަދު22 އަށް އަރާފައިވާއިރު، ހުޅުމީދޫ ކްލަސްޓާއިން ޕޮޒިޓިވްވި އަދަދު ވަނީ26 އަށް އަރާފައެވެ.
COVID-19 : Case Updates (Addu City)
As of 09.02.2021, 05:00 PM pic.twitter.com/YNVfhNYYSw— Addu Emergency Operations Center (@EOCaddu) February 9, 2021