މާސްކު ނާޅާ އުޅުމުން 1551 މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި މީގެކުރިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ / ހަތާވީސް

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އިރުވެސް މާސްކު ނާޅާ އުޅުނު 1551 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އަދި ކާފިއުގެ ވަގުތުތަކުގައި އެއާ ހިލާފަށް އުޅުނު މީހުންގެ ތަފާސް ހިސާބުތައް ހިއްސާ ކޮށްފައެވެ. އެގޮތުން މާސްކު ނާޅައިގެން އެތައް ބަޔަކު ޖޫރިމަނާ ކޮށްފައިވާއިރު ކޮންމެ މީހަކު ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ.

ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި 271 މީހަކު ވެހިކަލް ދުއްވައިގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ކާފިއު އާއި ހިލާފުވި 988 މީހަކުވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިއީ މިދިޔަ މަހުގެ 31އިން ފެށިގެން މި މަހުގެ ހަތްވަަ ދުވަހާއި ހަމައަށް ޖޫރިމަނާ ކޮށްފައިވާ މީހުންގެ އަދަދެވެ.

ހިޔާލު ދެއްވާ!

Your email address will not be published.