އުވާލާފައިވާ އެމްޑީއެން ޖަމިއްޔާއިން ފުލުހުން ތަކަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

ފެބްރުއަރީ 8ގައި ހިނގި މުޒާހަރާގެ ތެރެއިން-

އުވާލަފައިވާ މޯލްޑިވްސް ޑިމޮކްރެސި ނެޓްވޯކް (އެމްޑީއެން) އިން ފެބްރުއަރީ 8 ގައި ގާނޫނާއި ހިލާފުވި ފުލުހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.

އެމްޑީއެންއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިއަދަކީ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ގާނޫނީ ވެރިކަމެއް ބާރުގެ ބޭނުންކޮށްގެން ގާނޫނާއި ހިލާފަށް ބަދަލުކޮށް، އަނިޔާވެރިކަން ދެއްކި ބަޔަކާއި ދެކޮޅަށް 8 ފެބްރުއަރީ 2012 ވަނަ ދުވަހު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކޮށް، އަޑު އުފުލަމުންދިޔަ އެތައް ސަތޭކަ ރައްޔިތުންނަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި ވަޒިފާ އަދާކުރަމުންދިޔަ ފުލުހުން އެކަށިގެންވާވަރުގެ ބާރުގެ ބޭނުންކުރުމަށްފަހު ބޮޑެތި އަނިޔާތަކެއް ދިންފަހުން 8 އަހަރު ދުވަސް ފުރިހަމަވާ ދުވަސް ކަމަށެވެ.

އެމްޑިއެންއިންބުނީ އެދުވަހު ފުލުހުން ހިންގާފައިވާ ގަނޫނައި ހިލާފު އަމަލުތައް ކުށްވެރިކޮށް، އެކަން ތަހުގީގުކުރުމަށްފަހު ވަކިވަކި ފުލުހުންނާއި ދޭތެރޭގައި ގާނުނީގޮތުން ފިޔަވަޅު އެޅުމަށާއި، އެމީހުންނަކީ ފުލުހުންގެ ވަޒީފާގައި ބޭތިއްބުމަށް އެކަށިގެންނުވާ ބަޔަކުކަމުގައި ކަނޑައަޅައި، ދައުލަތުގެ މުއައްސަސާތަކުން ފުލުހުންނަށް 2012 ވަނަ އަހަރުގެ ތެރޭގައިވަނީ އަންގާފަ ކަމަށެވެ.

އެހެން ނަމަވެސް މިއަދާއި ހަމައަށް އެ ފުލުހުންނާއި މެދު ފިޔަވަޅު ނާޅާކަމަށާއި، ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރަމުންދާތަން ފެނުމަކީ އިންސާފު ހޯދައިދިނުމުގައި ފުލުހުން ފަސްޖެހިފައިވާ މިންވަރު ދައްކުވައިދޭކަމެއް ކަމަށް އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން އިން ބުނީ، ގާނޫނާއި ހިލާފުވާ ފުލުހުންނާއި މެދު ގާނޫނީ ފިޔަވަޅު ނޭޅުމުގެ އެއް ނަތީޖާއަކީ މިއަދު ތަކުރާރުކޮށް ފެންމަތިވަމުންދާ، ފުލުހުންގެ ކިބައިން ފެންނަ އަނިޔާގެ މައްސަލަތަކާއި، ގާނޫނައި ހިލާފު އަމަލުތައް ފުލުހުންގެ ފަރާތުން ފެންނަލެއް ގިނަވުން ކަމަށެވެ.

އެމްޑީއެންއިން ބުނީ، 2010 ވަނަ އަހަރުގެ ފެބްރުއަރީ 7 އަދި 8 ވަނަ ދުވަހުގައި ފުލުހުން ހިންގާފައިވާ ގާނޫނައި ހިލާފު އަމަަލުތަކަށް ހިތްވަރުދީ، ގަނޫނީ ގޮތުން ސުވާލު އުފެދޭ ހާލަތްތަކެއްގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގަމުގަިއ ހަވާލުވީ މީހަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މިއަދު ހުރެގެން، ފުލުހުންގެ އަތަށް ފިސްތޯލަ ފަދަ ލީތަލް ހަތިޔާރު ދިނުމަށް ގޮވާލުން އެމްޑީއެން އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިއަދު ފުލުހުން އޮޕަރޭޝަނަލް ހާލަތުގައި ވަނިކޮށް ފުލުހުންގެ އަތަށް ފިސްތޯލަ ފަދަ ނުރައްކާތެރި ހަތިޔާރު ދިނުމަކީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުން ލިބިދާނެ ކަމެއްކަމަށާއި، ފުލުހުންގެ އަތަށް އެފަދަ ނުރައްކާތެރި ހަތިޔާރު ނުދިނުމަށް އެމްޑީއެންއިން ވަނީ ގޮވާލާފައެވެ.

އެމްޑީއެންއިން ވަނީީ، 2010 ވަނަ އަހަރުގެ 7 އަދި 8 ވަނަ ދުވަހު ގާނޫނައި ހިލާފުވީ ހުރިހާ ފުލުހުންގެ މައްސަލަތައް ތަހުގީގުކޮށް، ގަނޫނީ ވެރިކަމެއްގައި އަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އުސޫލުން އެމީހުންނަ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ފުލުހުންނަށާއި، ޕްރޮސެކިއުޓާ ޖެނެރަލްއަށް ގޮވާލަފައެވެ. ކޮށް، ތަހުގީގުކުރުމަށްފަހުގައި ވަކިވަކި ފުލުހުންނާއި ދޭތެރޭގައ

ހިޔާލު ދެއްވާ!

Your email address will not be published.