ޑައިވިނަށް ދިޔަ ފަތުރުވެޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއެއް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ.

މި މީހާއަކީ އުމުރުން 69 އަހަރުގެ އޮސްޓްރިޔާއަށް ނިސްބަތްވާ ފިރިހެން ރައްޔިތެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މައުލޫމަތު ލިބިފައިވާ ގޮތުގައި، މި މީހާ ގިނަ އިރުތަކެއް ވަންދެން ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއްނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވިންގް އިންސްޓްރަކްޓާ މިމީހާ ޑައިވިންގެ ބޯޓަށް ނެގުމަށްފަހު، ސީޕީއާރް އަދި އޮކްސިޖަން ދީފައިވާ ކަމަށެވެ.

މި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވީނަށްގޮސްވަނި މަރުވެފައެވެ. މީގެ އިތުރުން މޫދަށް ގެނބިގެންވެސް މަރުވެފައިވާ ފަތުރުވެރިންގެ އަދަދު ގިނައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.