އަލާމާތް ހުރެގެން ހިތަދޫ އިން ދެއްކި ދެ މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ: ފޮޓޯ / ޝާރިގް އެން ފަސާ

އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް19 އަށް ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ.

“ހަތާވީސް” އޮންލައިންއާ ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނަކަށް ދެއްކުމުން ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން އެކަކަކީ އައްޑޫ ސިޓީ އަށް ނިސްބަތްވާ މީހެއް ކަމަށާއި ދެވަނަ މީހާވެސް ދިރިއުޅެނީ އައްޑޫގައި ކަމަށެވެ.

“ދެމީހުން ވެސް މަސައްކަތް ކުރަނީ އެއް އޮފީހެއްގައި،” ސޯބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އައްޑޫ ސިޓީގައި އެންމެ ބޮޑަށް މިބަލި ފެނިފައިވާ ހުޅުމީދޫގެ ކޭސްއާ މި ކޭސްއާ ގުޅުމެއް އޮތް ކަމަކަށް އެނގިފައި ނެތް ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.

“ދެން މިކަމުގައި ފުރަތަމަ ގޮތެއް ނިންމަވާނީ އެޗްޕީއޭ އިން. އެއަށްފަހު ކައުންސިލް އިން އެކަމުގައި ފިޔަވަޅުތަކެއް އަޅާނީ،” ސޯބެ ވިދާޅުވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.