އަނބިމީހާ ގައިގަ ތަޅައި ގަނެގެން ފިރިމީހާ ހައްޔަރުކޮށްފި

ފިރިމީހާ އަނބި،މީހާގައި ޖަހަން އުޅޭ މަންޒަރެއް-

އުތުރުގެ ރަށެއްގައި ފިރިމީހާ އޭނާގެ އަނބިމީހާގައިގަ ތަޅައިގަނެގެން މާރާމާރީ ހިންގުމުން ފިރިމީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މިމަހުގެ 7 ވަނަ ދުވަހުގެ 23:34 ހާއިރު ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި، އަންހެނަކާއި މެދު އޭނާގެ ފިރިމީހާ މަރާމާރީ ހިންގުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެ ރަށުގެ ބައެއް ރައްޔިތުންވަނީ ސިއްހީ މަރުކަޒު ދޮށަށް އެއްވެފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ ހާލު ސީރިއަށް ނޫންކަމަށާއި، ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފިރިހެން މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ގެނެސްފައިކަމަށް ފުލުހުން ބުނެއެވެ. އޭނާއަކީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ހޮސްޕިޓަލް ދަށަށް އެއްވި މީހުން ފުލުހުން ވާހަކަ ދެއްކުމަށްފަހުވަނީ ރޭ ފޮނުވާލާފައި ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުން ނެވެ.

1 thought on “އަނބިމީހާ ގައިގަ ތަޅައި ގަނެގެން ފިރިމީހާ ހައްޔަރުކޮށްފި

  1. Firineehaa rashun beyru meeheyy veema anbimeehaa firineehaa ah hansladhinee. Mee Mar friendakah dhimaavi kameyy. Eynage hurihaa eh hey fundaalaafa etna bolah kandalee vari nukoggen.

Leave a Reply

Your email address will not be published. Required fields are marked *