ލޯކަލް ކައުންިސލް އިންތިހަބު ޕީޕީއެމްގެ ޕްރައިމަރީގައި ފުވައްމުލަކު މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ޓިކެޓްގައި ތޯރިގް އަހަމްދު ވާދަކޮށް ކާމިޔާބްކޮށްފިއެވެ.
ޕީޕީއެމް ޕްރައިމަރީގެ ޓިކެޓް ތޯރިގް ކާމިޔާބްކޮށްފައިވަނީ އަލީ ފަޒާދު ބަލިކޮށެވެ. ފުވައްމުލަކުގެ ހަ އަވަށެއްގައި ވޯޓު ފޮށި ބެހެއްޓިފައިވާއިރު، އޭގެތެރެއިން ދެ ވޯޓް ފޮއްޓެއް ފިޔަވައި އެހެން ހުރިހާ ވޯޓް ފޮއްޓެއްގެ އަޢުލަބިއްޔަތު ހޯދާފައިވަނީ ތޯރިގެވެ. މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ އަޣުލަބިއްޔަތު ލިބުނީ ވެސް ތޯރިގު އަށެވެ. އަލީ ފަޒާދަށް އެންމެ ގިނައިން ވޯޓު ލިބިފައިވަނީ ފުނާޑް އާއި މާލެގަން ސަރަހައްދުގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިތަކުން ނެވެ.
ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ތޯރިގަށް ލިބުނީ 892 ވޯޓެވެ. އަދި އަލީ ފަޒާދަށް ލިބުނީ 634 ވޯޓެވެ. މިއީ ތޯރިގަށް ލިބުނު 258 ވޯޓުގެ ކުރިއެރުމެކެވެ.
އަލީ ފަޒާދަކީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.