ޕީޕީއެމް ޕްރައިމަރީ: މާލެ އަތޮޅު ކައުންސިލް ރައީސްގެ ޓިކެޓު ނިމާލް ކާމިޔާބްކޮށްފި

މާލެ އަތޮޅު ކައުންސިލް ރައީސްގެ މަޤާމަށް ނިމާލް/-

ކައުންސިލް އިންތިހާބު ޕީޕީއެމް ޕްރައިމަރީގައި ކ. އަތޮޅު ކައުންސިލް ރައީސްގެ ޓިކެޓް ކާމިޔާބުކުރެއްވީ ފެނަކާ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ނިމާލެވެ.

ނިމާލް މި ޓިކެޓު ކާމިޔާބްކޮށްފައިވަނީ ވަރަށް ބޮޑު ތަފާތަކުންނެވެ.  ނިމާލް ޕީޕީއެގް ޓިކެޓު ކާމިޔާބް ކުރެއްވީ އެ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އިބްރާހީމް ރައޫފު ބަލިކުރެއްވުމަށް ފަހުއެވެ.

މިހާތަނަށް ލިބުނު ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު ނިމާލަށް ލިބިފައިވަނީ ޖުމްލަ 950 ވޯޓެވެ. އަދި ރައޫފަށް ލިބިފައިވަނީ ޖުމްލަ 140 ވޯޓެވެ. މިއީ ނިމާލަށް 810  ވޯޓުގެ ކުރިއެރުމެކެވެ. އެގޮތުން ނިމާލަށްވަނީ ކ އަތޮޅުގެ ބޮޑު ބައެއްގެ އަޢުލަބިއްޔަތު ލިބިފައެވެ.

ނިމާލަކީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމް އަދާކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެ މަގާމުން ދުރުކޮށްފައިވަނީ، 2016 ވަނަ އަހަރުއެވެ. އަދި ނިމާލްގެ ބަދަލުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރުގެ އޭރުގެ ނައިބަކަށް ހުންނެވި އަހްމަދު ޝަރީފްވަނީ ހަމަޖައްސާފައެވެ.

އިއްޔެއާއި ރޭ ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ޕްރައިމަރީގައި ފުވައްމުލައް ސިޓީއާއި، ކުޅުދުއްފުށި ސިޓީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކުގެ ޕްރައިމަރީ ބާއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *