ކޯސްޓު ގާޑު ފްލީޓަށް އިތުރު އުޅަނދެއް ހަދިޔާ ކޮށްދިނުމަށް އެދިއްޖެ

މިދިޔަ ޑިސެމްބަރު އިންޑިއާއިން ރާއްޖެއަށް އިންޑިއާ ސަރުކާރުން ހަވާލުކުރި "ފާސްޓް އިންޓަސެޕްޓު"ގެ އިތުރު އުޅަނދެއް ރާއްޖެއަށް ހަދިޔާ ކޮށްދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވަ ރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ވިއޯން ޗެނެލްއަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑިޔާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކޮށް ރާއްޖެއަށް އިތުރު އުޅަނދެއް ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެކަމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނީ ވަރަށް އެދެވޭ ޖަވާބެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި މި އުޅަނދުތަކަކީ ކަނޑުމަތި ޕެޓްރޯލް ކުރަމުން އަންނަ ކޯސްޓު ގާޑުގެ ފްލީޓަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ އެހެން އުޅަނދުތަކަށްވުރެ ބާރަށް ދުވުލި ހުންނަ އުޅަނދުތަކެކެވެ.

އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރި ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުން އޮތީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ވީޑިއޯ ކޮންފަރެންސްކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.