ރާއްޖެއިން ކޮވިޑް19 ޖެހިގެން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ‘ޑެތް ޓޯލ’ް ދަނީ ދުވަހަކަށް ފަހު ދުވަހެއް އިތުރުވަމުންނެވެ. އެގޮތުން އެ ބަލީގައި މިއަދު ހަވީރު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް19އަށް ފަރުވާ ދެމުންދިޔަ 70 އަހަރުގެ މީހެކެވެ.
ރާއްޖެއިން މިހާތަނަށް 16،155 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 14،263މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. ނަމަވެސް އަނެއްކާވެސް ބަލި ޖެހޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ބައްޔައް ފަރުވާ ދެމުން އަންނަ މީހުންނާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.