ވަގު މަސްބޯޓެއް ސިފައިން އަތުލައިގެންފި

މީގެކުރިން ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް -- ފޮޓޯ / އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް ލަންކާމަސް ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އައްޑޫ ސިޓީ ގަމުގެ 15 ނޯޓިކަލް މޭލު ބޭރުގައި ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު މިއަދުގެ މެންދުރުފަހު14:27 ހާއިރު އެމްއެންޑީއެފް އަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު އެމްއެންޑީއެފް އަށް ހިއްސާ ކުރީ އައްޑޫ ސިޓީ މަރަދޫ “ރަސްކުރި” ނަމަކަށް ކިޔާ މަސް ދޯންޏަކުން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދިން ގޮތުގައި މި ބޯޓަކީ އަވަށްޓެރި ލަންކާއަށް ނިސްބަޔްވާ ދޯންޏެކެވެ. މި ބޯޓުގައި ތިބީ5 ފަޅުވެރިންނެވެ. އަދި އެ ފަސްމީހުންވެސް ނިސްބްތްވަނީ ލަންކާއަށެވެ. އަދި މި މައްސަލަ މިހާރު ދަނީ ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން ބަލަމުންކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ.

ބޯޓާ ބެހޭ މައުލޫމާތު އެމްއެންޑީއެފް ކޯސްޓު ގާޑުން ނަގާފައިވާ ކަމަށާއި އަދި ބޯޓު މިހާރު އޮތީ ކޯސްޓު ގާޑުގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.