ކޮވިޑް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް މައުމޫންގެ ތާއީދު!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ---

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން، ކޮވިޑް ފެތުރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެޅި ފިޔަވަޅުތަކަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެންމެން ގުޅިގެން މި ބަލިން ރައްކާތެރިވުމަށްޓަކައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ މާތްރަސްކަނލާގެ އިރާދަފުޅުން މިބަލިން އަރައިގަނެވޭނެ ކަމަށެވެ.

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.

ކޮވިޑް19 ފެތުރުން އިތުރުވާތީ މާދަމާ ރެއިން ފެށިގެން ކާފިއުގެ ވަގުތު ވެސް 23:00 އިން ފަތިހު 4:30 އަށް ވަނީ އިއުލާންކޮށްފައެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީ ވެސް މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ބުނީ މި ފިޔަވަޅުތައް މާދަމާ އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގާފައެވެ. އަދި ޕްރީ ސްކޫލުތަކުގެ ކިޔެވުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިސަރުކާރުން ބަނގުރާ ހުއްދަކުރިޔަސް މއުމޫން އެކަމައް ތާއީދުކުރާނެ
    ވަރައް ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published.