މިދިޔަ މަހު 92،000 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް --

މިއަހަރުގެ ޖެނުއަރީ މަހުގައި ރާއްޖެ އައި ފަރުރުވެރިންގެ އަދަދު 92،000 އަށް އަރައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ފުރަތަމަ މަހުގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދު2020 ވަނަ އަހަރުގެ ޖެނުވަރީ މަހާއަޅަ ބަލީއިރު ބޮޑުތަނުން ދަށްވި ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު، ރާއްޖޭގެ ފަތުރުވެރިކަން ދަނީ މަޑުމަޑުން ކުރިއަރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީމަހުގައި ރާއްޖެ އައިސްފައިވަނީ 173,874 ފަތުރުވެރިންނެވެ.

މިއަހަރުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައިސްފައިވަނީ އިއްޔެއެވެ. އެއީ 4,218 ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ކަމަށް ފާހަގަ ކުރެވެނީ ރަޝިއާއާއި އަވަށްޓެރި އިންޑިއާއާއި ޔުކްރޭންއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަންނަ ފަތުރުވެރިން މިހާރު އާންމުގޮތެއްގައި9.2 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ.

މިއަދާ ހަމައަށް 144 ރިސޯޓު އަދި މެރީނާ އާއި 11 ހޮޓަލާއި 134 ސަފާރީ އުޅަނދާއި 324 ގެސްޓްހައުސް އޮޕަރޭޝަނުގައި އެބައޮތެވެ.

ހިޔާލު ދެއްވާ!

Your email address will not be published.