މެރާކީ ކެފޭއަށް ގެއްލުންދިން މީހުންގެ މައްސަލަ ޕީޖީއަށް

މާލޭގައި ހުންނަ "މެރާކީ ކޮފީ ރޯސްޓާސް" އަށް ގާ އުކައި ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުންގެ މައްސަލަ ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބަންދުގައެއް ނޫނެވެ.

މެރާކީ ކެފޭ އަށް ގެއްލުން ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެތަނުގެ ބިއްލޫރިގަނޑު ތަޅާލުމުގެ އިތުރުން އެ ތަނުގައި އިންޒާރުގެ ނޯޓިހެއް ވެސް ތައްކޮށްފައިވެއެވެ. އެ އިންޒާރުގެ ނޯޓިހުގައި ވަނީ އަންހެނުން ފިރިހެން ނުވުމަށާއި ފިރިހެނުން އަންހެން ނުވުމަށް އަންގާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *