ވަގުތު ނުޖެހެނީސް ކ. ހިންމަފުށި ޕީޕީއެމް ޕްރައިމަރީގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފި

މިހާރު ކުރިޔަށްދާ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް އިންތިހާބު ޕްރައިމަރީގައި ވޯޓު ފޮށިތައް ގުނުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިން ވޯޓު ފޮއްޓެއް ގިނާ ނަތީޖާ އިއުލާންކޮށްފިއެވެ.

މިގޮތަށް ނަތީޖާ އިއުލާންކޮށްފައި ވަނީ ކ. ހިންމަފުށީގައި ބެހެއްޓި ވޯޓު ފޮއްޓެވެ. ކުރިން ޕީޕީއެމްއިން ނިންމާފައި އޮތީ ވޯޓުލުން އިރުއޮއްސި 18:00ގައި ނިންމާނެ ކަމަށެވެ. ނަމަވެސް ފަހުން ވޯޓުލުމުގެ ވަގުތު މިރޭ 20:00އާ ހަމައަށެވެ. އަދި ވޯޓު ގުނުމަށް ނިންމާފައިވަނީ މިރޭ 21:00ގައެވެ.

ނަމަވެސް ހިންމަފުށީގައި ބެހެއްޓި ވޯޓު ފޮށި ގުނައި މިހާރު ވަނީ ނަތީޖާ ވެސް އިއުލާންކޮށްފައެވެ. އެ ނަތީޖާ ދައްކާގޮތުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ލިބިފައިވަނީ 84 ވޯޓެވެ. އޭނާއާ ވާދަކުރި އިބްރާހިމް ރައޫފަށް ލިބިފައި ވަނީ 17 ވޯޓެވެ.

މިކަމާ ގުޅިގެން ޕީޕީއެމްއިން ބުނީ ހިންމަފުށި ވޯޓު ފޮށި ގުނުނީ އޮޅުމަކުން ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި 1146 ކެންޑިޑޭޓަކު ވާދަކުރެއެވެ. ޕީޕީއެމްއިން ޕްރައިމަރީ ބާއްވަނީ 62 ދާއިރާއަކަށެވެ.

މި ޕްރައިމަރީގައި ޖުމްލަ 134 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ހަތަރު ސިޓީގެ ތެރެއިން ޕްރައިމަރީ އޮންނާނީ ދެ ސިޓީގައެވެ. އެއީ ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީގައެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.