ރާއްޖެއިން މިހާރު ކޮވިޑް19 ފެންނަމުންދާ މިންވަރަށް ފެންނަމުންދާ ކަމަށްވާ ނަމަ ހިދުމަތް ދޭ ތަންތަނަށް ނުކަތާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 100 އިން މައްޗަށް އަރާފައިވާއިރު އަދަދުތައް ދަށް އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ކާފިއުގެ ވަގުތުވެސް އަނެއްކާވެސް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން މެންދަމު 12އިން ފަތިހު ހަތަރަކަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ.
އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ ހަފްތާގައި ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރުމަކީ ނުރައްކަލުގެ އިންޒާރެއް ކަމަަށެވެ. މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވެދާނެ ކަމަށްވެސް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 ނޫން އެހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ބުރޫއަރާނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
‼️ With the current continuous trend of increased infections, our medical facilities are getting overwhelmed!
This may result in negatively affecting both COVID-19 & non-COVID-19 healthcare. pic.twitter.com/HfgBtCKZq7
— Health Protection Agency (@HPA_MV) January 31, 2021
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 15،736 އަށް ވަނީ އަރާފައެވެ. އަދި މިހާރު ބަލި ޖެހިގެން ފަރުވާ ދޭ މީހުންގެ އަދަދު 1،582 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިވަގުތު ބަލި ޖެހިގެން 122 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 51 މީހަކު ވަނީ މަރުވެފައެވެ.