ޖުމްލަ ރިޒާވުގައި 984.8 މިލިއަން ޑޮލަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ --

މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވުގައި 984.8 މިލިއަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރި އަދަދަކީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުމްލަ ރިޒާވުގައި ޑިސެމްބަރު މަސް ނިމުނުއިރު ހުރި މިންވަރަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ 56 އިންސައްތަ އިތުރު އަދަދެކެވެ. ނޮވެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 629.9 މިލިއަން ޑޮލަރެވެ. އެއީ 2019ވަނަ އަހަރަށްވުރެ މަދު އަދަދެކެވެ.

އިގްތިސޯދަށް މިހާ ބޮޑު އަސަރެއް ކޮށްފައި މިވަނީ ކޮވިޑް19 ގެ ސަބަބުން އަހަރުގެ ބޮޑު ބައެއް ލޮކްޑައުން ކޮށްފައި އޮތުމުން އިގްތިސޯދީ ހަރަކާތްތައް މަޑު ޖެހުމުގެ ސަބަބުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.