އަންހެން ކުއްޖެއްގެ ގަޔަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފި

މާލެސިޓީގައި އަންހެން ކުއްޖެއްގެ ގަޔަށް މީހަކު ކުޅު ޖަހައިފިއެވެ.

ފުލުހުން ބުނީ މާލޭ މަގުމަތީގައި ހުރި އަންހެން ކުއްޖެއް ގަޔަށް ހިނގާފައިދިޔަ މީހަކު ކުޅުޖަހާފައިވާ މައްސަލައެއް މިއަދު މެންދުރު 13:59 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަންހެން ކުއްޖެއްގެ ގަޔަށް ކުޅުޖެހި މީހަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ އަހަރު ވަނީ އަންހެން ކުއްޖަކަށް ފޮށުނު މެދު އުމުރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ޝަރީއަތްވެސް މިހާރު ވަނީ ފަށާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.