ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީ ފަށައިފި

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި 1146 ކެންޑިޑޭޓަކު ވާދަކުރެއެވެ. ޕީޕީއެމްއިން ޕްރައިމަރީ ބާއްވަނީ 62 ދާއިރާއަކަށެވެ.

މި ޕްރައިމަރީގައި ޖުމްލަ 134 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ހަތަރު ސިޓީގެ ތެރެއިން ޕްރައިމަރީ އޮންނާނީ ދެ ސިޓީގައެވެ. އެއީ ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީގައެވެ. ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ނިމޭނީ މިއަދު އިރުއޮއްސި 18:00ގައެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށާފައިވާއިރު އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ވަނީ މިދިޔަ ހުކުރު ދުވަހު ނިންމާލާފައެވެ. އެހެންނަމަވެސް ހަމަނުޖެހުން ބޮޑުވެ ބާތިލްކޮށްފައިވާ ގއ. އަތޮޅު އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ވަނީ ފަށާފައެވެ.

ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕްރައިމަރީ މިމަހުގެ 12ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published.