ފެބްރުއަރީ ހަތެއް: އޭޖީ ވިދާޅުވަނީ އިންތިގާލީ ބިލުން، އިންސާފު ލިބޭނެ ކަމަށް!

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު --

ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ވެރިއަކު ރައްޔިތުންގެ އަސާސީ މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި، ދައުލަތް ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ ގާނޫނަކީ ކުރިއަށް އެޅޭނެ ފިޔަވަޅެއް ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު އޭރުގެ ސަރުކާރު ވެއްޓުމާއި އެދުވަހުގެ ހިނގި ކަންކަމާ ގުޅިގެން ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް އަށް އަހަރު މިއަދު ފުރޭ އިރު، ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ވެރިއަކު ދީފައިވާ އަނިޔާގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ތެދު ހާމަކޮށް އަދި އެފަދަ ކަންކަން ތަކުރާރުވުން ހުއްޓުވައި، ޖަވާބުދާރީކުރުވަނި ދައުލަތެއް ބިނާކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ ގާނޫނު މުހިންމު ކަމަށެވެ.

ރިއްފަތު ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ގާނޫނުގެ ބިލު އެ މަޖިލީހުން ފާސްކޮށް، ގާނޫނަކަށް ހަދައި، އަނިޔާ ތަހަންމަލުކޮށްފައިވާ ގިނަ ބަޔަކަށް އަވަހަށް އިންސާފު ލިބުމަކީ މިއަދުގެ އުންމީދު ކަމަށެވެ.

ދެހާސް ބާރަވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން ޖެހިގެން އައި ފެބްރުއަރީ އަށްވަނަ ދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ގިނަބަޔަކަށް އަނިޔާވިއެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކަށް އެތަކެއް ގެއްލުންތަކެއްވިއެވެ.

އިންތިގާލީ އިންސާފުގެ ބިލުގެ މަގްސަދަކީ 2012 ވަނަ އަހަރުން ފެށިގެން 2018 ނޮވެމްބަރު 17 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތުގައި، ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.