ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ފިޗް ކޮމްޕެޓިޝަން އެއް ބާއްވަނީ

އެސްއެމްއީ ފޯރަމް އާއި ގުޅޭ ގޮތުން ކުރީގެ ސަރުކާރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --

ވިޔަފާރިއަށް ޝައުގުހުރި އުމުރުން އަޝާރަ އަހަރުން ފައްޓައިގެން ތިރީސް ފަސް އަހަރުގެ ކޮންމެ ޒުވާނަކަށް ވިޔަފާރީގެ ދުނިޔެއަށް އަހުލުވެރި ކުރުވުމައްޓަކައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އިން ޕިޗް ކޮންޕެޓިޝަނެއް ބާއްވަން ނިންމައިފިއެވެ.

އެ ސެންޓަރުން މައުލޫމާތުދޭ ގޮތުގައި އެ ކޮމްޕެޓިޝަން އަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބާއްވާ ކޮމްޕެޓިޝަންއެކެވެ. މި ކޮމްޕެޓިޝަންގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭނެއެވެ. އަދި ތަފާތު ހިޔާލުގެ ވިޔަފާރީގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދެވިގެން ދާނެ ކަމަށް ބިޒްނަސް ކޯޕަރޭޝަން ސެންޓަރުން މައުލޫމާތުދެއެވެ. އެ ސެންޓަރުން ބުނީ މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ ކޮމްޕެޓިޝަނެއް ކަމަށެވެ.

މި ކޮމްޕެޓިޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިނ 300 ޒުވާނަކަށް ވިޔަފާރި ފެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނޯ އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށް ވެސް ބިޒްނަސް ސެންޓަރުން މައުލޫމާތުދެއެވެ.

މި ކޮމްޕެޓިޝަން ބޭއްވުމައްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުއިޔައް ދަމުންނެވެ. މީގެ އިތުރުންވެސް މި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުންދަނީ ކުދި ވިޔަފާރިތަކަށް އެހީއެއްގެ ގޮތުން އެ ވިޔަފާރިތަށް ކުރިއަރުވާ ތަރައްގީ ކުރުމަށް އެކިއެކި ޕްރޮޖެކްޓްތައް ރާވާ ހިންގަމުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.