މިއަދުވެސް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި އަދަދު 106އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 93 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަތޮޅުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން އަށް މީހަކު ބައްޔަށް މިއަދު ޕޮޒިޓިވްވެފައިިވެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު 15،496 މީހަކު ވަނީ މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 14،028 މީހަކު ބަލިން އެއްކޮށް ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިހާރު ރާއްޖެއިން ބަލިޖެހިގެން ފަރުވާ ދެމުން ދަނީ 1410 މީހަކަށެވެ. 115 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިބަލީގައި މިހާތަނަށް 51 މީހަކު ވަނީ މަރުވެފައެވެ.