މިސްކިތުގައި ހަމަލާދިން އިންޑިއާ މީހާ އެންމެ ފަހުން ޑީޕޯޓުކޮށްފި

މިސްކިތުގައި ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ: ފޮޓޯ / އެމްވީ ކްރައިސިސް

ހުޅުމާލެ މިސްކިތެއްގެ ތެރޭގައި ދޮށީ އުމުރުގެ މީހަކަށް ހަމަލާދިން އިންޑިއާ މީހާ އެންމެ ފަހުން ޑީޕޯޓުކޮށްފިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކުގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެ މީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ވަނީ މިމަހުގެ 16ވަނަ ދުވަހެވެ.

އެ މައްސަލާގައި ދުވަސްވީ މީހާ އަށް ހަމަލާ ދިނީ އިންޑިއާ މީހެކެވެ. އެ މީހާ ހަމަ އެދުވަހު ފުލުހުން ހައްޔަރުކުރިއެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރިއެވެ. ފުރަތަމަ އޭނާގެ ބަންދަށް 10 ދުވަސް ދިނެވެ. ފަހުން ދިނީ ފަސް ދުވަހެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެމީހާގެ ތަހުގީގު ނިންމާލުމަށްފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)އަށް ފޮނުވި ކަމަށެވެ. ނަމަވެސް ޕީޖީ އިން ނިންމީ އެމީހާ ޑީޕޯޓު ކޮށްލުމަށް ކަމަށްވާތީ މިހާރު އެމީހާ އިމިގްރޭޝަން އާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އިންޑިއާ މީހާ ހަމަލާދިން ދުވަސްވީ މީހާ އަކީ މޫސާ އަހުމަދު ނަމަކަށް ކިޔާ މީހެކެވެ. މޫސާ އަހުމަދު މީގެކުރިން ވަނީ “ހަތާވީސް” އަށް އެ ހާދިސާ ހިނގައިދިޔަ ގޮތް ހިއްސާ ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.