19 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައިގެން ދޮންބައްޕަ ޖިންސީ ގޯނާކޮށްފި

މީގެކުރިން ކުޑަކުއްޖަކު ރޭޕްކުރިި މައްސަލާގައި ޖެންޑާ މިނިސްޓްރީ ކައިރީގައި އަޑު އުފުލަނީ --

އުމުރުން 19 އަހަރުގެ އަންހެނަކަށް ބިރު ދައްކައިގެން އެ އަންހެން މީހާގެ ދޮންބައްޕަ ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އަންހެން މީހާގެ ދޮންބައްޕަ އޭނާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އެކި ދުވަސްމަތިންނެވެ. މި ހުރިހާ ފަހަރެއްގައިވެސް ޖިންސީ ގޯނާކޮށްފައި ވަނީ ބިރު ދައްކައިގެންނެވެ.

ފުލުހުން ބުނީ އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް، މިރޭ 7:30 ހާއިރު އެ އަންހެން މީހާގެ ދޮންބައްޕަ ދިރިއުޅެމުން އައި ގެ ކައިރިއަށް މީހުން އެއްވެ ހަމަލާދިނުމުގެ ސަބަބުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.

އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މަރާލާނެ ކަމަށް ބުނެ އޭނާއަށް އިންޒާރުދީ ހަމަލާދިން މައްސަަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *