ސިފައިން މާލޭގައި ތަމްރީނެއް ހަދަނީ، ގޮވާތަކެތިވެސް ބޭނުން ކުރާނެ

ގޮވާ ޒާތުގެ އެއްޗެއް އޮވެގެން މީގެކުރިން ސިފައިންގެ ބޮމް ސްކޮޑު ހަރަކާތްތެރިވަނީ: ފޮޓޯ / ސަން

އަންނަ ހަފްތާގައި މާލެ ސަރަހައްދުގައިި ސިފައިން ތަމްރީނުތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ތަންރީނުގައި ސިފައިން ގޮވާތަކެތިވެސް ބޭނުން ކުރާނެ ކަމަށެވެ.

މިއީ އެމްއެންޑީއެފްގެ ފަރާތުން ކުރިއަށް ގެންދާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރެއިނިން އެޑްވާންސް ކޯސް"ގެ ފައިނަލް އެކްސަސައިޒްގެ ތެރެއިން ކުރިއަށް ގެންދާ ތަމްރީނެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ގޮވާތަކެތި ބޭނުންކުރަން ހަމަޖެހިފައި ވަނީ މި މަހުގެ ނުވައެއް ވާ އާދީއްތަ ދުވަހުން ފެށިގެން، 15 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.

އެގޮތުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *