ރައްޔިތުން މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމު ސަސްޕެންޑުކޮށްފިއެވެ.
ރައްޔތުންގެ މަޖިލީހުން ބުނީ އޭނާ ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. ހަލީމް ސަސްޕެންޑުކުރީ އޭނާއާ ގުޅޭ ގޮތުން މަޖިލީހުން ބަލަމުން އަންނަ މައްސަލަ އަކާއި ގުޅިގެން ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
އެހެންނަމަވެސް ހަލީމްއާ ގުޅޭ ގޮތުން ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ.
މަޖިލީހުގެ ސާޖެންޓް އެޓް އާމްސް އަކީ މަޖިލީހުގެ އަމީން އާންމުއާ ޖެހިގެން ދެވަނަ އަށް މަޖިލިސް އިދާރާގެ އެންމެ އިސް މީހާއެވެ.
ހަލީމް މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރަން ފެއްޓެވީ 2013ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހުއެވެ.
އޭނާ ވަނީ މީގެކުރިން އެމްއެންޑީއެފްގައި ވެސް ހިދުމަތް ކުރައްވާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
majilihah vagah vaiy vagun neruneema utha!
ތިއޮތީ އިންތިޤާލީ އިންސާފު ސާރޖަންޓްއޮފްއާރމްސް އަށް ކަށަވަރުވެފައި! ސަސްޕެންޜަން ގޯސް ޓް ފޯރސީން ވިސްލްބްލޯވަރސް.