ހުޅުމާލެ ހަމަލައާ ގުޅިގެން 6ވަނަ މީހާ ފުލުހުންގެ ހައްޔަރަށް!

މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ބޭރު ބަޔަކަށް ވަޅިން ދިން ހަމަލާގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ހަޔަކަށް އަރާފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. މީގެތެރެއިން ޗައިނާގެ އެކަކަކީ ފަތުރުވެރިއެކެވެ. އަދި އަނެއް ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެ މީހުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި މައްސަލައާ ހަރުކަށި ފިކުރާ ގުޅުން އޮންނަ ބައެއް ކަމަށެވެ. މި މައްސަލައާ ވިދިގެން ފުލުހުން އަންނަނީ އިތުރު މައްސަލައެއްވެސް ބަލަމުންނެވެ. އެއީ ހުޅުމާލޭގެ ހަމަލާއާ ގުޅިގެން ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެކަމުގެ ޒިންމާ ނަގާ ކަމަށް ބުނެ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ބެލެވޭ ބައެއް އާއްމުކޮށްފައިވާ ވީޑިއޯއެެކެވެ.

އެ ވީޑިޔޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *