ފަތުރުވެރިޔާ ހައްޔަރުކުރުމުގައި އަމަލުކުރި ގޮތުން ސީޕީ މައާފަށް އެދިއްޖެ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދުު ހަމީދު --

ކ.މާފުށިން މިއަދު ހަވީރު ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މައާފަށް އެދިއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ މާފުށި މަގުމަތީގައި މަސްތުގެ ހާލަތުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރި އަންހެނަކު އުޅެމުންދާ ކަމުގެ ޝަކުވާ މިއަދު ހަވީރު 5:48 ހާއިރު ލިބިފައިވާ ކަމަށެވެ.

އޭނާ ހުއްޓުވަން މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބިޑި އަޅުވައިގެން ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތުން ފަތުރުވެރިޔާގެ ކިބައިންނާއި އާއްމުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މި މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

އެ ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވީ ފިރިހެން ފުލުހުން ކަމަށްވާއިިރު އިޒްމިއާ ވިދާޅުވީ މާފުށީގައި މިވަގުތު މަސައްކަތް ކުރާ އަންހެން ފުލުހުން ނެތް ކަމަށެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *