މިސްކިތުގައި ހަމަލާދިން އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި

މިސްކިތުގައި ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ: ފޮޓޯ / އެމްވީ ކްރައިސިސް

ހުޅުމާލެ މިސްކިތެއްގެ ތެރޭގައި ދޮށީ އުމުރުގެ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކުގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެ މީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ވަނީ މިމަހުގެ 16ވަނަ ދުވަހެވެ.

އެ މައްސަލާގައި ދުވަސްވީ މީހާ އަށް ހަމަލާ ދިނީ އިންޑިއާ މީހެކެވެ. އެ މީހާ ހަމަ އެދުވަހު ފުލުހުން ހައްޔަރުކުރިއެވެ. އަދި އެމީހާގެ ބަންދަށް 10 ދުވަސް މީގެކުރިން ވަނީ ޖަހާފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އާއި ގުޅިގެން އެމީހާގެ ބަންދުގެ މުއްދަތު ހަމަވުމުން، އިތުރު ފަސް ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. އިންޑިއާ މީހާ ހަމަލާދިން ދުވަސްވީ މީހާ އަކީ މޫސާ އަހުމަދު ނަމަކަށް ކިޔާ މީހެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.