ޗައިނާއިން އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފި

ސާދަ ދުވަހުގެ މުއްދަތުގެ ތެރޭގައި ޗައިނާ އަށް ދަތުރުކުރުމަށް ފަހު، އެހެން ގައުމަކުން ރާއްޖެ އަަށް އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފައިވާކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޗައިނާ އަށް ދަތުރުކޮށްފައިވާ ދެ ދިވެހިން ފަރުކޮޅުފުށީގައި އެކަހެރި ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެދެމީހުން އެކަހެރިކޮށްގެން ބަލައެކަަހެރިކޮށްގެން ބަލަހައްޓަމުން އަންނަނީ އެއްވެސް ވަރަަކަށް ބައްޔަށް ޝައްކު ކުރެވޭތީ ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ދެމީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

އެ ދެމީހުން ކަރަންޓީނު ކުރީ ޗައިނާއިން އައި ކަމުގެ ހިސްޓްރީއެއް އޮތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފަރުކޮޅުފުށީގައި އެކަހެރިކޮށްފައި ތިބި ދެ މީހުންގެ ގައިން އެއްވެސް އަލަމާތެއް ނުފެންނާތީ ކޮރޯނާ ވައިރަސް އަށް އަދި ޓެސްޓް ނުކުރާނެ ކަަމަށެވެ.

މީގެ ކުރިންވެސް، ކޮރޯނާ ވައިރަހާއި ގުޅިގެން ޓެސްޓްތައް ހެދުމަށް ހަތް ދިވެއްސަކު އެކަހެރި ކުރެވުނެވެ. ނަމަވެސް، ކޮރޯނާ ވައިރަހަށް ޓެސްޓްތައް ހެދުމުން އެ މީހުންގެ ގައިން އެ ވައިރަހުގެ އަސަރު ފެނިފައި ނުވާތީ އެމީހުން ވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ދޫކޮށްލައިފަ އެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *