ދުނިޔޭގެ އެންމެ މޮޅު ލީގުގެ މަގާމު އިޓާލިއަން ލީގު ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގު ފަހަތަށް ޖައްސާލުމަށްފަހު، މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ލީގުގެ މަގާމު އިޓާލިއަން ލީގުން ހޯދައިފިއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ލީގުގެ މަގާމު އިޓާލިއަން ލީގު ހޯދީ 1026 ޕޮއިންޓާއެކުގައެވެ.

ދުނިޔޭގެ ކްލަބް ރޭންކިންގްގެ ގަދަ ހަތް ޓީމު ތެރޭގައި އިޓާލިއަން ލީގުގެ ތިން ކްލަބް ވަނީ ހިމެނިފައެވެ.

އިޓާލިއަން ލީގުގެ ފަހަތުން ދެވަނަ ލިބުނު ޕްރިމިއާ ލީގަށް 1003 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނަ ލިބިފައިވަނީ 964 ޕޮއިންޓާއެކު ބްރެޒިލް ލީގަށެވެ. އަދި ހަތަރުވަނަ 954 ޕޮއިންޓާއެކު ސްޕެނިޝް ލީގަށް ލިބިފައިވާއިރު، ފަސް ވަނަ 864 ޕޮއިންޓާއެކު ލިބިފައިވަނީ ޖަރުމަން ލީގަށެވެ.

އެންމެ މޮޅު ލީގުގެ މަގާމު 14 އަހަރަށް ފަހު އިޓާލިއަން ލީގަށް ލިބިފައިވާއިރު، އެޓީމު ވަނީ 1991 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް 10 ފަހަރު މަތިން އެ މަގާމު ހޯދާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.