ޔާމީންގެ ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމީ ދެ ރައީސުން އަޑީގައި ތިބެގެން: އަދުރޭ

އިދިކޮޅު ކޯލިޝަން އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް

ކުރީގެ ރައީސް ޔާމީން މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކޮށްފައިވާ ހުކުމު ދެމެހެއްޓުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިވެސް ހުންނަވައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބޭނުން ކޮށްގެން އިއްވާފައިވާ ހުކުމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަން އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރައްހީމް (އަދުރޭ) ވިދާޅުވީ މިއަދު ހައިކޯޓުން އިއްވި ހުކުމުން އެނގިގެން ދިޔައީ އޭރުވެސް އިދިކޮޅު ކޯލިޝަން އާއި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގީ ވާހަކަތަކެއް ކަމަށެވެ. އެގޮތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ދަށު ކޯޓުން ނެގުމަކީ އޭރުވެސް އުސޫލުތަކާއި އިސްލާމީ ޝަރީއަތާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އިދިކޮޅުން ބުނެފައިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

“މިއަދަކީ ރާއްޖޭގައި ިއަދު އޮތް ސަރުކާރުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަން އެނގިގެން ދިޔަ ދުވަހެއް. ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިންމާލާ ރައީސް ޔާމީން އަށް ދިވެހި ރައްޔިތުންގެ ހިތުގައި އޮތް އިހުތިރާމާއި ތާއީދާއި ގަދަރު ގެއްލުވާލުމަށް އިބްރާހީމް މުހައްމަދު ސޯލިހާއި ކެނެރީގެ ނަޝީދާއި ޖޭއެސްސީ ބޭނުން ކޮށްގެން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވުމުގެ ގޮތުން އިއްވާފައިވާ ހުކުމެއް،” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ދަމަހައްޓަން ހައިކޯޓުން ކުރި ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައީސް ޔާމީނަކީ ރައްޔިތުންނަށާއި ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މައުސޫމް ބޭފުޅެއް ކަމަށާއި ނަމަވެސް މިއަދު އެމަނިކުފާނު ވަނީ އެއްވެސް އަސްލެއް ނެތް ދައުވާއެއްކޮށް ހަރާމް ހުކުމެއް އެމަނިކުފާނުގެ މައްޗަށް އިއްވާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ އަށް މިއަދު ހައިކޯޓުން ހުކުމް ކޮށްފައިވާއިރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. މި މައްސަލަ ނިންމެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. Dhivehiraajjeygai mivagutu hurihaa cortuthakehgai thibee eganjaa 19 gesarukaaruge papedun v eemaa nimidhia sarukaaruge siyaasee meehunnah I nsaafeh nulibeyne ehvesmahsalaeh isthiunaafu kurumakee beykaarukameh ahibeykaaru kharadheh varahsaafu ingeythoa

ހިޔާލު ދެއްވާ!

Your email address will not be published.