އަނިޔާވެރި އަމަލުތައް ހިންގާ މީހުންނާއި މެދު ފިޔަވަޅު އަޅާނަން: ޕީޖީ

އިސްލާމްދީނުގެ ނަމުގައި ހިންގާ އަނިޔާވެރި އަމަލުތަކަކީ އިސްލާމްދީން ޖާގަ ދޭ ކަންތައްތަކެއް ނޫން ކަމަށާއި އެފަދަ ފަރާތްތަކަށް ގާނޫނުގައި އޮންނަ އަދަބު ދީ ރާއްޖޭގައި މިނިވަންކަން ގާއިމް ކޮށްދެއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހަމާލާދީ ހެދުމަކީ އިސްލާމްދީނާ ބީރައްޓެހި ކަމެއް ކަމަށާ އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމައުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ޖިިނާއީ އަދުލުގެ ނިޒާމުން، އެމީސްމީހުންނާމެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ގާއިމުކޮށްދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ، ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ތިން ފަތުރުވެރިއަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެންނެވެ. އެ ތިން މީހުންނަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ޒިންމާ ވީޑިއޯ މެސެޖެއް މެދުވެރިކޮށް މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ އުފުލާފައެވެ.

ފުލުހުންވެސް ބުނެފައި ވަނީ އެ އަމަލު ހިންގީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލައިގެ އިތުރުން އެ ވީޑިއޯގެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.