ނަޕޯލީ ބަލިކޮށް ޔުވެންޓަސް ޗެމްޕިއަންކަން ހޯދައިފި

ޗެންޕިއަން ޓީމު، ޔުވެންޓަސް

އިޓާލިއަން ސުޕަ ކަޕްގައި ނަޕޯލީ ބަލިކޮށް ޔުވެންޓަސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ނަޕޯލީގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ޔުވެންޓަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ ނަޕޯލީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ފުރަތަމަ ހާފް ފެށިގެން ވަކި ހިސާބަކުން ނަޕޯލީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވެންޓަސް އިން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، އެޓީމުން ވަނީ 66 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ނަޕޯލީއަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެޓީމަށް ލިބުނު ޕެނަލްޓީ އިންސިގްނޭއަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކުއަޑާޑޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަލްވަރާ މޮރާޓާއެވެ.
މިއީ އިޓާލިއަން ލީގުގެ ޗެމްޕިއަން އަދި އިޓާލިއަން ކަޕްގެ ޗެމްޕިއަނުން މެދުގައި ބާއްވާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ޔުވެންޓަސްއިން ތަށި އުފުލާލި ނުވަ ވަނަ ފަހަރެވެ. ފައިނަލުން ބަލިވި ނަޕޯލީއަށް މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ ފަހަރެވެ.

ހިޔާލު ދެއްވާ!

Your email address will not be published.