އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ސަރުކާރުން ވަކިވެފައިވާ ޕެރިސް އެގްރީމަންޓުގައި އަލުން ބައިވެރިވުމަށް އެމެރިކާގެ ރިޔާސަތާއި އަލުން ހަވާލުވި ޖޯ ބައިޑަން ނިންމެވުމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ސޯލިހު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ރިޔާސަތާ ހަވާލުވި ޖޯ ބައިޑަންގެ ސަރުކާރާއެކު ރާއްޖެއިން އެމެރިކާއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަދި މިއަދު ރައީސް ސޯލިހު ކުރެއްވި އިތުރު ޓްވީޓެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ސަރުކާރުން ވަކިވެފައިވާ ޕެރިސް އެގްރީމަންޓުގައި އެމެރިކާ ބައިވެރިވެފައި ވާތީ އެކަމަށް ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ އަލުން އެ އެގްރީމަންޓުގައި އެމެރިކާ ބައިވެރިވުމަކީ ލިބުނު ބާރެއް ކަމަށެވެ. ޕެރިސް އެގްރީމަންޓުން އެމެރިކާ ވަކިވީ 2017ވަނަ އަހަރުއެވެ.
Congratulations to Pres. @JoeBiden and VP @KamalaHarris on their inauguration respectively as the 46th President and 49th Vice Pres. of the US.
Maldives and US are friends and partners and we look forward to working with you to grow our friendship and further our shared values.— Ibrahim Mohamed Solih (@ibusolih) January 20, 2021
އެމެރިކާގެ އާ ރައީސް ޖޯ ބައިޑަން މަގާމުގެ ހުވާކުރެއްވުމާ އެކު ކުރީގެ ރައީސް ޑޮނަލްޑް ޓްރަަމްޕް ހައްދަވާފައިވާ ގިނަ ގޯސްތަކެއް ރަނގަޅުކުރެއްވުމުގެ ރިޔާސީ ގަރާތުތަކެއްގައި ވަނީ ސޮއި ކުރައްވާފައެވެ.
Very pleased that President @JoeBiden has re-entered the US to the Paris Climate Agreement. Climate change requires a unified response from the world community and the US decision to rejoin Paris is a huge win for meaningful global climate change governance.
— Ibrahim Mohamed Solih (@ibusolih) January 21, 2021
ސޮއިކުރެއްވި ގަރާރުތަކުގެ ތެރޭގައި މާސްކް އަޅައިގެން ނޫނީ ދައުލަތުގެ އިމާރާތަކަށް ވަނުން މަނާކުރުމުގެ ގަރާރަކާއި އެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހާއްސަ އޮފީހެއް އުފެއްދުމުގެ ގަރާރެއް ހިމެނޭ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަކިކުވުމަށް ޓްރަމްގެ ވެރިކަމުގައި ނިންމާފައި އޮތް ނިންމުން ބަދަލުކުރުމުގެ ގަރާރެއްގައި ވެސް ބައިޑަން ސޮއިކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އެެޑްރެސްކުރެއްވުމަށް އޭނާ ސޮއިކުރެއްވީ ޕެރިސް ކްލައިމެޓް އެކޯޑްގައި އަލުން ބައިވެރިވުމުގެ މަސައްކަތް ފެށުމުގެ ގަރާރެއްގައެވެ.