ޖެންޑާ މިނިސްޓަރުކަމަށް އާއިޝަތު މުހައްމަދު ދީދީ އައްޔަން ކޮށްފި

ޖެންޑާ މިނިސްޓަރުގެ މަގާމަށް ކުރީގެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ހަމަޖައްސައިފިއެވެ.އ

 

އައިޝާއަކީ މީގެކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައިވެސް ޖެންޑާ މިނިސްޓަރުކަން ކުރެއްވި ބޭކަނބަލެކެވެ. އެކަމަނާއަކީ ރައީސް މައުމޫން ވެރިކަމުގެ ފަހު ދުވަސްކޮޅު ކެބިނެޓަށް ގެނެވުނު ބަދަލުގެ ތެރެއިން އައި ބަދަލެކެވެ.

އޭނާ ވެފައި ވަނީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރެއްވި ފުރަތަމަ އަންހެން ސަފީރަށެވެ. އާއިޝާ، އެ ގައުމުގެ ރައީސް ރާމް ނާތު ކޯވިންދަށް މަގާމުގެ ފަތްކޮޅު އެރުވީ ފެބްރުއަރީ 8، 2019ގަ އެވެ.

އައިޝާ، އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ ހިސާބަށް ވަޒީފާ އަދާކުރެއްވީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.