ޑްރައިވަރު އައިންތުގެ ކާރަށް ގެއްލުން ދިން މައްސަލާގައި ދައުވާކޮށްފި

އައިންތު އޭނާގެ ކާރުގައި ---

މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް ގެއްލުންދިން މައްސަލާގައި ދައުވާކޮށްފިއެވެ.

ޑްރައިވަރު އައިންތު ޓެކްސީ ކުރަން ފެށި ފަހުން އޭނާގެ ކާރަށް އެތައް ފަހަރަކު ބަޔަކު ވަނީ ގެއްލުން ދީފައެވެ. ނަމަވެސް އެކަމަށް ހައްލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް މައްސަލަައިގެން މާ ބޮޑު ކުރިއެރުމެއް އައިންތު އަށް ނުލިބެއެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27ވަނަ ދުވަހު އައިންތުގެ ކާރަށް ބަޔަކު ގެއްލުން ދިނުމުން ފޭސްބުކްގައި އޭނާ އެ ވާހަކަ ހިއްސާކުރިއެވެ. އެންމެ ފަހުން އޭނާގެ ކާރު ޑްރަގު ކޯޓު ކައިރީގައި ބާއްވާފައި ވަނިކޮށް އެ ކާރަށް ގެއްލުން ދިނުމުން އާއްމުންނާއި ފުލުހުން އެކަމަށް އެއްބާރުލުން ދިނުމަށް އޭނާ އެދުނެވެ. އެންމެ ފަހުން އައިންތުގެ ކާރަށް ލިބުނު ގެއްލުން މަރާމާތު ކޮށްދިނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ޑްރަގު ކޯޓު ކައިރީގައި އޮއްވާ އައިންތު ކާރުގެ ބިއްލޫރިގަނޑު ތަޅާލައިފައ —

އައިންތުގެ ކާރަށް ގެއްލުންދޭ މައްސަލާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އެ މައްސަލާގައި ދެ މީހަކު ފުލުހުން މީގެކުރިން ހައްޔަރުވެސް ކުރިއެވެ. ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލާގައި ދައުވާ އުފުލީ މުހައްމަދު ހަމްދޫނު އަޙްމަދު، ކ. މާލެ، ގ. އާފަތިސްގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް މިދިޔަ މަހު ދައުވާ ކޮށްފައިވާއިރު އުފުލާފައި ވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކަމަށްވެސް ޕީޖީ އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.