އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަނަށް ކޮމާންޑަރަކާއި ޑެޕިއުޓީއެއް ހަމަޖައްސައިފި

ކޮމާންޑަރަކަށް އައްޔަން ކުރެއްވި ޗީފް އެސްޕީ މުޙައްމަދު ރަޝީދު (ކ) އަދި ޑެޕިއުޓީއަށް ހަމަޖެއްސި ޗީފް އެސްޕީ އާސިމް ޢަބްދުﷲ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުކަމަށް ބޭފުޅުން، ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވައިފިއެވެ.

ކޮމާންޑަރަކަށް ހަމަޖައްސާފައި ވަނީ ޗީފް ސްޕްރިންޓެންޑެންޓް މުޙައްމަދު ރަޝީދެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އާސިމް ޢަބްދުﷲއެވެ.

ކައުންސިލް އިންތިހާބު އަވަހަށް ބޭއްވުމަށް ޤާނުނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ ކައުންސިލް އިންތިހާބު އަންނަ އޭޕްރީން މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.