އިމްރާން ވިދާޅުވަނީ ސަލާމަތަށް ނުރައްކާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް!

ދިވެހިރާއްޖޭގެ ސަލާމަތައް ނުރައްކާ ކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ އަދި ފަތުުރުވެރިންގެ މުދަލާ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާކޮށް ގޮންޖާހުލުގެ ފުރުސަތު ﷲގެ ވާގިފުޅާއި އެކުގައި އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.

ހޯމް މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި އެކަމުގެ ޒިންމާ ނަގާ ކަމަށްބުނެ ސޯޝަލް މީޑިއާގައި މޫނު ނިވާ ކޮށްގެން ތިބި ބައެއްގެ ވީޑިއޯ އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ. ފުލުހުން އަންނަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ހުޅުމާލޭގައި ރޭ ހިނގި އެ މާރާމާރީގައި ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *