ކ. މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރު 13:24 ހާއިރު ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަދި ސަފާރީގައި ތިބި މީހުން އެހެން ލޯންޗަކަށް އަރުވާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.