ފާޑުފާޑުގެ އިދިކޮޅު ޕާޓީތައް އޮތްއިރު، ބޮންޑޭ ކުރާވަރު ކޮށްލަން ނުކުރޭ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ފޮޓޯ/ މަޖިލިސް

ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އިދިކޮޅު މަޖިލިސް މެމްބަރުންނަށް ނުކުރެވޭ ކަމަށް ވިދާޅުވެ، އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އިދިކޮޅު މެމްބަރުންނަށް ވުރެ ބޮޑަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަަސައްކަތް ކުރައްވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަމަށެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ބޮންޑޭއަކީ ފަސްޖެހުމެއް ނެތި، ސަރުކާރަށް މަޖިލީހުގައި ފާޑުވިދާޅުވަމުންދާ މެމްބަރެކެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސައްކަތުގައި “ވާދަވެރި ނެތުމުގެ ދަތިކަން” ފެންނަމުންދާ ކަމަށެވެ. އެ މައްސަލައަކި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް، މި ރާއްޖޭގައި ސިޔާސީ މަސައްކަތުގައި ވާދަވެރި ނެތުމުގެ ދަތިކަން، ނެތުމުގެ އުނިކަން، ފެންނާތީ. އިއްޒަތްތެރި ރައީސް މި ކޮވިޑުގެ ހާލަތުގައި މުޅި ގައުމު މި ވެނި ކަމެއް މިވެނި ގޮތަކަށް ރަނގަޅު ކުރަން ޒިންމާދާރު ކުރަން ބުނި އިދިކޮޅު މީހެއްގެ އަޑު އެއްސެވިންތޯ އިއްޒަތްތެރި ރައީސް. ކޮވިޑާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅު ޒިންމާދާރުކަމާއެކު، އުފެއްދުންތެރި ގޮތެއްގައި ފާޑެއްކީ އިދިކޮޅު ލީޑަރަކު، އިދިކޮޅު މެމްބަރަކު ދެކުނިންތޯ އިއްޒަތްތެރި ރައީސް،” ރައީސް ޔާމީންގެ ސަރުކާރު ޒިންމާދާރު ކުރުވުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުންތަކުގައި އިސްދައުރެއް އަދާކުރެއްވި ވައްޑެ ވިދާޅުވިއެވެ.

“…ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އިތުރަށް ސަމާލުވާންޖެހޭނޭ ކިޔާފައި އިސްލާހެއް ހުށަހެޅުއްވީތީ ވެންޓިލޭޓަރު މައްސަލަ ވެސް އެއީ އަޅުގަނޑުމެން އެމްޑީޕީން އެކަން ކުރީ،” ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ފެންމަތި ކުރަނީ އެމްޑީޕީގެ މެމްބަރުން އިސްވެ ތިއްބަވައިގެން ކަމަށް އިޝާރާތްކޮށް ވައްޑެ ވިދާޅުވިއެވެ.

“އިއްޒަތްތެރި ރައީސް ފަހުރުވެރިކަމާއެކު މި ދަންނަވާލަނީ މި މަޖިލީހުގައި ވާދަވެރި ޕާޓީތައް، ފާޑުފާޑުގެ ނަންނަން ކިޔާ ޕާޓީތައް އޮތްއިރު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު [ބޮންޑޭ] ކުރައްވާ ވަރަށް، އަޅުގަނޑުމެންގެ ކަންކަން ޖަވާބުދާރީ ކުރުވާތަނެއް ނުފެނޭ.”

މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރަޝީދު / ފޮޓޯ- މަޖިލިސް

ވައްޑެ ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީތަކެއް އޮތް ނަމަ، އިންތިހާބު އަވަސް ކުރަން މަޖިލީހަށް ބިލު ހުށަހަޅާނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ވާހަކަފުޅު ދައްކަވަމުން ވައްޑެ އިތުރަށް ވިދާޅުވީ އިންތިހާބު ބޭއްވުން އަވަސް ކުރަންޖެހޭ ކަމަށާއި ރައްޔިތުން އިންތިހާބުކުރާ ބަޔަކާއެކު، އާ ކައުންސިލްތައް ހިނގައިގަންނަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވެރިކަން ލިބިއްޖެ ނަމަ ވައްކަން ކުރާނެ ވަގުން ޕީޕީއެމްގަ ތިބީ….ބޮންޑޭވެސް ސަރުކާރު ޖަވާބުދާރީ ކުރާކަމަށް ވާނަމަ ރައްޔިތުންގެ ލެޔާ ގުޅިފައިވާ ބޭންކު ބީއެމްއެލް ޖަވާބުދާރީ ނުކުރުވަނީ ބައިއެޅޭތީބާ? ރޯމާ ދުވާލު ނިކަމެތިންގެ އެކައުންޓު ތަކުން އެއޮތް ވައްކަން ކުރަނީ.

ހިޔާލު ދެއްވާ!

Your email address will not be published.