ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލައިފި

ދައުލަތުގެ ޓެކްސް އިދާރާ އިނެލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) ---

ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލާ ވައްކަން ކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ މީރާގެ އޮފީސް ފަޅާލާ އެތަނުން ވައްކަންކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން މީރާގެ އޮފިޝަލެއްގެ ބަހެއް ލިބޭތޯ މަސައްކަތްކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މީރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މީރާއިން ވައްކަންކޮށް އެތަނުން ވަގަށް ގެންދިޔައީ ކޮން އެއްޗެއްސެއް ކަމެއް ވެސް ނޭނގެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.