11 އަހަރުގެ ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކޮށްފި

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅައިފައި ވަނީ މިއަދު މެންދުރު 2:30 ހާއިރުއެވެ.  މި ހާދިސާ ހިނގާފައި ވަނީ ހުވަދު އަތޮޅުގެ ރަށެއްގައެވެ. ފުލުހުން ބުނީ 11 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް މިއަދު އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް އެރަށުގައި އުޅެމުން އަންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ

މިދިޔަ އާދީއްތަ ދުވަހުވެސް ދެ ބިދޭސީއަކު ވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *