ދައުރުވަމުން އަންނަ ވީޑިއޯގެ މައްސަލަ ބަލަން ފަށައިފި

ރޭ ހުޅުމާލޭގައި ހިނގާދިޔަ ހަމަލާއާ ގުޅިގެން މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާ ކޮށްފައި ތިބޭ ބަޔަކު ރޭގެ ހާދިސާގެ ޒިންމާ ނަގާ ކަމަށް ބުނާ ވާހަކައެވެ.

ފުލުހުން މިރޭ ބުނީ، އެ މާރާމާރީގެ ތަަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން އެކަމުގެ ޒިންމާ ނަގާ އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަންވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާއްމުކޮށްފައިވަނީ “އަލް މުސްތަގީމް” ނަމަކަށް ކިޔާ ބައެކެވެ. އެ ވީޑީއޯގައި އެމީހުން ވާހަކަދައްކަމުން ދިޔަ ނަމަވެސް އެމީހުން ވާހަކަދައްކަމުން ދަނީ އަޑު ބަދަލުކޮށްގެންނެވެ.

ހުޅުމާލޭގައި ރޭ ހިނގި އެ މާރާމާރީގައި ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.