ކޮވިޑް19 ފެތުރި، 36 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ގދ. ދެއްވަދޫއަށް މީހުން އަރައި ފޭބުން މަނާކޮށް، ލޮކްޑައުން ކޮޮށްފައިވުމުން، އެ ރަށަށް ބޭނުންވާ އެހީތެރިކަން ހުވަދޫ ރަށްތަކުން ފޯރުކޮށްދެމުންދާތީ، ދެއްވަދޫ ކައުންސިލްގެ ރައީސް ޝުކުރު އަދާކޮށްފިއެވެ.
ރަށަށް ބަލި ފެތުރި 300 އަށް ވުރެ ގިނަ ސާންޕަލް މިހާތަނަށް ވަނީ ނަގާފައެވެ. މިއަދު އެކަނިވެސް ތިން މީހަކު އެ ރަށުން ވަނީ ޕޮޒިޓިވްވިއެވެ. ޕޮޒިޓިވްވި ޖުމްލަ އަދަދު 36 އަރާފައިވާއިރު، ކަރަންޓީނުކޮށްފައިވާ ގެތަކުގެ އަދަދު 56އަށް އަރައެވެ. ހުވަދު އަތޮޅުގެ އެންމެ މެދުގައި އޮންނަ ދެއްވަދޫގެ އާބާދީއަކީ 1،318 މީހުންނެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު “ހަތާވީސް އޮންލައިން”އަށް ވިދާޅުވީ އެހީތެރިކަމަށް އެދުނުތާ ދެ ދުވަސްތެރޭ ހުވަދޫގެ ރައްޔިތުންގެ ފަރާތުން، މެދުނުކެނޑި ތަކެތި ލިބެމުންދާ ކަމަށެވެ. އިދާރީ ގޮތުން ދެ ބަޔަކަށް ބަހާފައިވާ ހުވަދޫ އަތޮޅު އުތުރުބުރި އާއި ދެކުނުބުރީގެ ރަށްތަކުން އެހީ ލިބެމުންދާ ކަމަށާއި އެކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިހާލުގައި ޖެހުނުތަނާ ދެ ދުވަސްތެރޭ އެހީލިބެން ފަށައިފި. އެހީތެރިކަމަށް އެދި އަޅުގަނޑު ޖެހީ ފޭސްބުކްގައި. އެއާއެކު ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވައި، އެހީތެރިވުމަށް އާންމުންނަށް ހުޅުވާލައި އެތަކެތި އެ ގެންދަނީ އަޅުގަނޑުމެންނަށް ފޯރުކޮށްދެމުން. ވަރަށް ބޮޑަށް ޝުކުރިއްޔާ،” އިބްރާހިމް ތައުފީގު ވިދާޅުވިއެވެ.
Gemanafushi Ufaa dhonin Dhevvadhoo rayyitunnah hadhiyaakuri kandumas dhevvadhoo council beyfulhunnaai @PoliceMv ge beyfulhunnai havaalu koffi.
🤝Athu gulhaalaa enmehaa dhivehin ekee aanbas buney🇲🇻 pic.twitter.com/SaVkqgSJEg— 𝚉𝚞𝚟𝚊𝚊𝚗 𝙼𝚊𝚜𝚟𝚎𝚛𝚒𝚢𝚊 🇲🇻🎣 (@ZuvaanMasveriya) January 13, 2021
އޭނާ ވިދާޅުވީ ހުވަދޫގެ ކައުންސިލްތަކުން ގުޅައި، ރަށުގެ ހާލަތު ބަލަމުންދާ ކަމަށާއި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވެސް ގުޅުއްވި ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ގުޅައި، ރަށުގެ ހާލަތު ބަލަމުންދާ ކަމަށާއި ދާއިރާގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވެސް ގުޅުއްވައި ހާލަތު ބަލަމުންދާ ކަމަށް ތައުފީގު ވިދާޅުވިއެވެ.

ހުވަދޫގެ ރަށްތަކުން ދެއްވަދުއަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ، ސައީދު ކުރެއްވި ޓްވީޓެއްގައި ވެސް އެކަމަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ.
Huvadhu atoll ge varah gina faraithakuge eheetherikan Dhevvadhoo ah dhanee libemun mi hurihaa faraithakah varah ikhulaastheri kamaa eku shukuru dhannavan #StayHome #StaySafe
— Saeed (@hamittey620) January 13, 2021