ވޭތުވެދިޔަ 12 ދުވަހުގެ ތެރޭގައި 36،000 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ފަތުރުވެރިންގެ އަދަދު 36،001 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ އަދަދަކީ މިއަހަރުގެ ފުރަތަމަ 12 ދުވަހުގެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދެވެ. ނަމަވެސް މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދަށް އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިން އަދަދު މިއަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ވަނީ 46.6 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް ކޮވިޑް19 ގެ މި ހާލަތުގައި މިހާ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުމަކީ ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އައިސްފައި ވަނީ ރަޝިޔާ އިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ އަދި ޔޫކްރެއިން އިންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.