ޝިދާތާއަށް އެމްޑީޕީން ނޫނެކޭ ބުނުމުން އަނާރާގެ ބަހުގެ ހަމަލާއެއް!

އަނާރާ ނައީމް --

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވައްބަހުން ބަހުގެ ހަމަލާ އެ ޕާޓީއަށް ރައްދު ކުރައްވައިފިއެވެ.
އަނާރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާހިލިއްޔަ ޒަމާނުގައި އޮތް ގަބީލާ ސިސްޓްމްގައި އެ ގަބީލާ މީހާ ނޫންނަމަ، އެ މީހަކާ ދޭތެރޭ ކޮންމެފަދަ ގޮތަކަށް ވެސް އަމަލު ކުރަމުންދިޔަ ކަމަށެވެ. ގަބީލާ ނޫން އެންމެން ތިބެން ޖެހޭނީ އަނިޔާ ލިބިލިބި ކަމަށް އަނާރާ ވިދާޅުވެފައިވެއެވެ.

އަނާރާގެ ޓްވީޓުގައި އިޝާރާތް ކުރައްވަނީ ޝިދާތާއަކީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވުމުން، އެކަމަނާއަށް ވެސް ލިބޭނީ އަނިޔާ ކަމަށް ބެލެވެއެވެ. ކޯލިޝަން ސަރުކާރުގައި އަދާލަތު ޕާޓީއަށް 10 ޕަސެންޓް ލިބިފައިވާއިރު، ރައީސް ސޯލިހުގެ ކެބިނެޓުގައި އެ ޕާޓީގެ ތިން ވަޒީރުން ތިއްބަވައެވެ.
އަނާރާ އެ ޓްވީޓް ކުރެއްވީ ޝިދާތާ މަގާމުން ވަކިކުރުމަށް އެމްޑީޕީ ޕީޖީން ގްރޫޕުން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމަށް ހާޒިރުވި 45 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނިކޮށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.